އެމްޕީއެލްއިން މިހާރު ވެސް އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ އެތެރެކުރަމުން ގެންދެ އެވެ. މި ހިދުމަތް ފެށި ޖުލައި މަހުގެ ފުރަތަމަ ޝިޕްމަންޓުގައި 150 ޓަނުގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.
ކުރިން އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ އެތެރެކުރަމުން އައީ ލަކުޑި ބޯޓުތަކުގަ އެވެ. ނަމަވެސް މިހާރު އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް މުދާ އެތެރެކުރަނީ ދަގަނޑު ބޯޓުފަހަރުގަ އެވެ.
ކުޅުދުއްފުށި ބަނދަރަށް 19 އަހަރު ވަންދެން އެއްވެސް ތަރައްގީއެއް ނުގެނެސް ގެއްލުމުގައި ހިންގަމުން އައި ނަމަވެސް، މިހާރު އެ ބަނދަރަކީ ފައިދާ ލިބޭ ތަނަކަށް ހެދުމަށް މަސައްކަތް ފަށައިފި އެވެ. އަދި އެ ބަނދަރުގައި ފައިބަރު ބޯޓު ބަނުމުގެ ޔާޑެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޕީއެލްއިން ބުނެއެވެ.