ads
މާލެ މަގުމަތި
ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ނަމްބަރު ވިއްކާ ގަވައިދު ނެރެފި
ސެކިއުރިޓީ ފީޗާ ހިމެނޭ ގޮތަށް ޑޮމެއިން ނަމްބަރު ވިއްކާ ގަވައިދު ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފިއެވެ.
Advertisement

އެ މިނިސްޓްރީން ނެރުނު އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދުގައިވާ ގޮތުން މި ގަވާއިދަށް އަމަލުކުރަން ފަށާއިރ،ު މިނިސްޓްރީން ދޫކޮށްފައިވާ ޑޮމެއިންގެ ރަޖިސްޓަރީ ލިޔުމާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަތައް މި ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށްޓަކައ،ި މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދެ މަސްދުވަސް ލިބޭނެއެވެ. އަދި އެ މުއްދަތުގައި ޑޮމެއިން ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން ނުވަތަ ފައިސާ ދެއްކިކަމުގެ ސްލިޕް މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށްވެސް އެ ގަވައިދުގައިވެއެވެ. 

" މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ޑޮމެއިންގެ ރަޖިސްޓަރީގެ ލިޔުމާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަތައ،ް މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި މި ގަވާއިދާ އެއްގޮތަށް ބަދަލުކޮށް ނިންމަންވާނެ." އަލަށް އެކުލަވާލި ޑޮމެއިން ދޫކުރުމުގެ ގަވައިދުގައިވެއެވެ.

އަލަށް އިސްލާހު ކުރި ގަވައިދުގައިވެސް ވަނީ ޑޮމެއިން ނަމްބަރެއް ރަޖިސްޓްރީ ކޮށްދެނީ ކުރިން ވެސް އޮންނަ އުސޫލުން 500 ރުފިޔާއަށްކަމަށެވެ. އަދި ނީލަމުގެ އުސޫލުން ޑޮމެއިނެއްގެ އަގަކީ 50،000-100،000 ރުފިޔާއާ ދެމެދެވެ.

މި ގަވައިދުގައި ބުނާގޮތުން ''ޑޮމެއިން ބޭނުންކުރުމުގެ ހުއްދ،ަ ދުއްވާ މީހާގެ އަތުގައި އޮތުން'' ކަމުގައި ވާނީ މިނިސްޓްރީން ދޫކުރާ ލިޔުން ނުވަތަ ކިއު އާރު ކޯޑު ސްކޭންކުރެވޭނެ ފަދަ ކޮޕީއެއް ނުވަތަ ރަސްމީ ޕޯޓަލެއްގެ ތެރެއިން ފެންނަން އޮންނަ އޮތުމުންކަމަށެވެ. 

your imageޑޮމެއިންގެ ރަޖިސްޓްރީ އިންނަ ޖެހޭގޮތްކަމަށް އައި ގަވައިދުގައި ހިމަނާފައިވާ ސާމްޕަލް

ގަވައިދު ބުނާގޮތުން ޑޮމެއިންގެ ހިދުމަތް ދިނުމުގައި ދިމާވެފައިވާ ނުވަތަ ދިމާވާ މައްސަލަތައް ހައްކުކުރާނީ އެކަމަށް އެކުލަވާލާ ހަތް މެމްބަރުންގެ ކޮމެޓީއަކުންނެވެ ބޭނުންކުރަމުންދާ ޑޮމެއިންއަކީ ގާނޫނާއި އެގޮތަށް ދީފައިވާ ސައްހަ ޑޮމެއިނެއްކަމަށް ކަނޑައެޅުމާއި ގަވާއިދުތަކާ އެއްގޮތަށް ދީފައިވާ ސައްހަ ޑޮމެއިނެއް ނޫންކަމުގައި ކަނޑައެޅުމާއެކު އެ ޑޮމެއިނަކީ ބާޠިލު ޑޮމެއިނެއްކަމަށް ނިންމުގެ ބާރު އެ ކޮމެޓީއަށް ލިބިގެންވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް