އަބްދުއްރަހީމް މިހެން ވިދާޅުވީ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މަޖލިސްގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލުމުގައި ޒަމާނަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އެ ބަދަލުތައް ހިމަނަންޖެހޭކަމަށެވެ.
އެގޮތުން ގައުމުގެ އެންމެ އިސްވެރިޔަކަށް ހުންނަ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވޭނެ ގޮތް ގާނޫނު އަސާސީން ފަހިކޮށްދީފައިވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ މެމްބަރުން މަގާމުން ވަކިކުރެވޭނެ ފުރުސަތު ނެތުމަކީ ޒަމާނަށް ފައިހަމަކުރާ އުސޫލެއް ނޫންކަމަށެވެ.
ރައްޔިތުން އައްޔަންކުރާ ކޮންމެ މަގާމެއްގައި ހުންނަ މީހަކު، ރައްޔިތުން ބޭނުންވެއްޖެނަމަ ދުރުކުރެވޭނެ ފުރުސަތު ގާނޫނުން އޮންނަންޖެހޭކަމަަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މުހިންމު ގާނުނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ރައްޔިތުން މަޖީހުގެ މި ދައުރުގައި ގެންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް ނިންމުށާއި ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުވެސް އެއްކޮށް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވަކަމަށާއި މިކަމުގައިވެސް ގޮތެއް ނިންމާނީ ރައްޔިތުން ކައިރީ މަޖލިހޫން ގޮތެއް ނިންމަން ހުށައަޅުއްވާނެކަމަށް ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވިއެވެ.