ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި އާން މިރެކޯޑް އާކޮށްފައިވަނީ 01:04.19 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މުބާލް އައްޒާމް އިބްރާހީމް އެވެ. އެއީ މިއަހަރު ބޭއްވުނު އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯރޓްކޯސް ޗެމްޕިއަންޝިޕްސް 2024 ގައި 01:04.51 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ހަންގޭރީ މުބާރާތުގައި ވާދަކޮށް، ގައުމީ ފެތުންތެރިޔާ، މުހައްމަދު އާން ހުސެއިން ޖުމްލަ އެކު، އަށް ގައުމީ ރެކޯޑެއް މުގުރާލައިފައިވެއެވެ.