ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހޭގް މަގާމުން ވަކިކުރުމުން، ވަގުތީ ގޮތުން ކޯޗު ކަމާ ހަވާލުވި ކުރީގެ ފޯވާޑުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ހަތަރު މެޗު ކުޅުނު އިރު ތިން މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވިއެވެ. އެންމެ ފަހުން ޔުނައިޓެޑު ރޭ މޮޅުވީ، ލެސްޓާ ސިޓީ އަތުން ތިން ލަނޑު ސުން ލަނޑުންނެވެ. މި މެޗަށް ފަހު ނިސްޓެލް ރޫއީވަނީ ސަޕޯޓަރުން ކައިރިއަށް ގޮސް އަލްވަދާދު ކިޔާފައެވެ.
އާ ކޯޗުގެ ޕްލޭނުގައި ނިސްޓެލް ރޫއީ ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް އަދި މުޅިއެކުން ސާފެއް ނުވެއެވެ. އެކަމަކު އިންޓަނޭޝަނަލް ބްރޭކަށް ފަހު ދެން ކުޅުން ފަށާނީ ޔުނައިޓެޑުގެ އާ ކޯޗާއެކުއެވެ.
ވަގުތީ ކޯޗު ރޫޑް ވޭން ނިސްޓަލްރޫއީގެ ކޯޗުކަމުގައި، ޔުނައިޓެޑުން ކުޅުނު ފަހު މެޗުގައި، އެ ޓީމަށް ލީޑުނަގައިދިނީ ބްރޫނޯ ފެނާންޑޭސް އޭރިއާ ރޮނގުކައިރިން ޖެހި ގޯލުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;