މިއީ ގާނޫނު ތަންފީޒުކުރުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.
ސަރުކާރުން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި 316.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 186.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ގާނޫނު އެކަށީގެންވާ ގޮތުގައި ތަންފީޒުކުރުމުގެ ސަބަބުން އާމްދަނީ އިތުރުވެފައިވާ ދާއިރާތަކުގެ ތެރޭގައި ބިދޭސީންގެ ކޯޓާ ފީގެ އިތުރުން ޓޫރިޒަމް ބިމު ކުލިވެސް ހިމެނެ އެވެ. ޓޫރިޒަމް ބިމު ކުލިން ލިބުނު އާމްދަނީ 7.6 ޕަސަންޓު އިތުރުވެ، 1.4 ބިލިއަން ރުފިޔާއަށް އަރައިފައިވެ އެވެ.
ރިޕޯޓުން ފާހަގަކޮށްލެވޭ ބައެއް ކަންކަން: