އަންނަ އަހަރުގެ ބަޖެޓުގެ ހަރަދުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރަނީ
ގުފްތަގް އަޖީރު
12 ނޮވެންބަރ 2024 - 17:48:51
އަންނަ އަހަރުގެ ބަޖެޓުގައި ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ހާމަކުރި ބަޖެޓު ޕޮޒިޝަން ރިޕޯޓުގައި ބުނެފައިވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދިނުން ހިމެނޭ ކަމަށެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމުލައަކީ 56.6 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 49.2 ބިލިއަން ރުފިޔާ ހިނގާނީ ހަރަދުގެ ގޮތުގައެވެ. އަދި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ބަޖެޓުގެ އިސް އަމާޒަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުން ކަމަށެވެ. އަދި އެކަމަށް ޓަކައި އާމްދަނީ އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ވަނީ ރޭވިފައެވެ.
ހަރަދުކުޑަކުރަން އަޅާފައިވާ ބައެއް ފިޔަވަޅުތައް:
- ބަޖެޓު ހަރަދު 6.6 ބިލިއަން ރުފިޔާއިން ކުޑަކުރެވޭނެ
- 2025 ގެ ބަޖެޓުގެ ޖުމުލައަކީ 56.6 ބިލިއަން ރުފިޔާ
- އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރޭ
- ބަޖެޓުގެ އަމާޒަކީ ދަރަނި ކުޑަކުރުން
- އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމާފައިވޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް