މިއަދުން ފެށިގެން ބަންގްލަދޭޝްގެ މަންދޫބުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޑރ. ޖަމްޝީދު ހުންނެވީ އުތުރު ކޮރެއާއަަށް ކަނޑައަޅާފައި ހުންނަވާ މަގާމުގައެވެ.
އެ މަގާމަށް ޖަމްޝީދު އައްޔަންކރީ 2022 ވަނަ އަހަރުއެވެ.
ޑރ. ޖަމްޝީދަކީ ޕަބްލިކް ހެލްތުގެ ދާއިރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ޖަމްޝީދު، ދެކުނު އިރުމަތީ އޭޝިއާގެ ރީނަޖަލް އޮފީހާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު މެޑިކަލް އޮފިސަރެއްގެ ގޮތުގައެވެ. އަދި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭނާ ވަނީ ރީނަޖަލް އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
ޑަބްލިޔުއެޗްއޯއާއި ގުޅިވަޑައިގަތުމުގެ ކުރިން ޑރ. ޖަމްޝީދު ވަނީ 2012 އިން 2013 އަށް ރާއްޖޭގެ ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވައިފައެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި ޓެކްނިކަލް އަދި ޕޮލިސީ ލެވެލްގައި ވެސް މަސައްކަތްކުރައްވާފައިވާ ޖަމްޝީދު، މެޑިކަލް ޑިގްރީ ހާސިލުކުރެއްވީ އިންޑިއާގެ އިންދިރާ ގާންދީ މެޑިކަލް ކޮލެޖުންނެވެ. އޭގެ ފަހުން ލަންޑަނުގެ ސްކޫލު އޮފް ހައިޖިން އެންޑް ޓްރޮޕިކަލް މެޑިސިން އިން ވަނީ ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފަ އެވެ.