މި އުސޫލަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި އިސްރާފު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިހާރު ސަރުކާރުގެ 30 ކުންފުނި އޮތްއިރު، އޭގެ ތެރެއިން ފައިދާ ލިބެނީ 40 ޕަސަންޓު ކުންފުނިތަކުން ކަމަށެވެ. އަދި ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތައް ހިފަހައްޓައިގެން ހިންގަނީ ދިހަވަރަކަށް ކުންފުނި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި އުސޫލުގެ އިތުރުން، ދައުލަތުގެ ކުންފުނިތަކާ ގުޅޭ އާ ގާނޫނެއް ވެސް އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ގާނޫނުގެ ދަށުން ކުންފުނިތަކުގެ ގަވަނަންސް އޮނިގަނޑު އިތުރަށް ހަރުދަނާ ކުރެވޭނެ އެވެ.
ސަރުކާރު ކުންފުނިތަކާ ގުޅޭ ބައެއް މައުލޫމާތު: