އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްއެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
އެ އެއްބަސްވުމުގެ ދަށުން ފުުލުހުންގެ އެކި މަސައްކަތުގައި ބޭނުންކުރުމަށް އެމްޕީއެލްއިން ފަސް ޓަނުގެ ފޯކް ލިފްޓެއް ދޭނެކަމަށް އެމްޕީއެލުން ބުނެއެވެ.
ފުލުހުންނަށް އެމްޕީއެލުން ދިން ފޯކް ލިފްޓް
މަގުމަތީގައި ހުންނަ ހަތަރު ފުރޯލޫލީ ވެހިކަލަތައް ޓޯ ކުރުމަށް ފުލުހުން އާއްމުކޮށް އަންނަނީ ފޯކްލިފްޓު ބޭނުންކުރަމުންނެވެ.