ފިނޭންސް މިނިސްޓަރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގައި ސޮއި ކުރީ ކޮޕް-29 ގެ ތެރެއިން ކަމަށެވެ.
މި ރަސްމިޔާތުގައި ފިނޭންސް މިނިސްޓަަރު މޫސާ ޒަމީރު އާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާޙީމްގެ އިތުރުން ޓީއެންސީގެ ގްލޯބަލް ޑިރެކްޓަރު މިސް މެލިސާ ވަނީ ބައިވެރިވަޑައިގެންފައެވެ.
އެމްއޮޔޫގައި ސޮއި ކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ޓީއެންސީއާއެކު ގާއިމްކުރާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލަކާ ދިމާއަށް އެޅޭ ފިޔަވަޅެއްކަަމަށެވެ. އޭގެ އިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ހައްލުތަަކަށް ދެމެހެއްތެނިވި ފައިނޭންސިން ހޯދުމަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަަމަށެވެ.
ޒަމީރުގެ ވާހަކަފުޅުގައި ކާބަން ފައިނޭންސިން އާއި ކޮންޒާވޭޝަން ޓްރަސްޓް ފަންޑުތަކާއި އަދި ސަރުކާރައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭގޮތަށް މާލީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއެކު އިގްތިސޯދު ކުރިއެރުވުމުގެ މުހިއްމު ކަަމަށް އޭނާ އަލިއަޅުއްވާލި އެވެ.
ދަ ނޭޗާ ކޮންސާވަންސީއަކީ 1951 ވަނަ އަހަރުން ފެށިގެން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސްދައުރެއް އަދާކުރަމުންދާ ޖަމްއިއްޔާއެކެވެ. ތިމާވެށީގެ އެކި މައްސަލަތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކުން އަރައިގަތުމަށް މިޖަމްއިއްޔާއިންދަނީ ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ތިމާވެއްޓާ ރައްޓެހި ގްރީން ފައިނެންސިންގެ އެހީވެސް އެޖަމްއިއްޔާއިން ދަނީ ފޯރުކޮށްދެމުންނެވެ.