ads
"ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އާލީ ވޯނިންގްސް ފޯ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް"ގައި ރައީސް ތަގުރީރުކުރައްވަނީ
ސަރުކާރުގެ އަމާޒެއް: މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހެދުން
ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތައް ގާއިމުކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އަޒަރުބައިޖާނުގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފޯކާސްޓިން ކެޕޭސިޓީ ފުޅާކޮށް، މުޅި ރާއްޖެއަށް ދުރާލާ އިންޒާރުގެ މެސެޖް ލިބޭނެ ގޮތަށް ސިސްޓަމް ފުޅާކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އާންމު އިންޒާރު ދޭ އުސޫލު ހަރުދަނާ ކުރުމާއި، އިމްޕެކްޓް ބޭސްޑް ފޯކާސްޓިން ސިސްޓަމްތައް ހަރުދަނާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޫސުމީ ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ކުރެވޭ އިންވެސްޓްމަންޓެއް ކަމަށާއި އެއީ އިގްތިސޯދީ ނަޒަރުން ވެސް މުހިއްމު ކަމެއް ކަމަށެވެ.

"ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭނުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކާރިސާތަކަށް ތައްޔާރުވުމުގެ އިތުރުން ދުރާލާ އިންޒާރު ދިނުމާ ގުޅޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެވޭނެ،" ރައީސް ވިދާޅުވި އެވެ.


ރައީސްގެ ވާހަކަފުޅުގައި ވަނީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ހޯދާފައިވާ ބައެއް ކާމިޔާބީތަކަށްވެސް ބައްލަވާލައްވާފަ އެވެ. އެގޮތުން މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ދެނެގަތުމަށްޓަކައި ކާރީސާތަކުން ލިބޭ ގެއްލުން ރެކޯޑްކުރާނެ ޑޭޓާބޭސްއެއް ގާއިމުކޮށް، އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި، މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުން ފަދަ ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރެއްވި އެވެ.

އާންމު އިންޒާރު ދޭ އުސޫލު ނުވަތަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ހަރުދަނާ ކުރުމާއި، އިމްޕެކްޓް ބޭސްޑް ފޯކާސްޓިން ސިސްޓަމްތައް ހަރުދަނާ ކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ކާރިސާތަކުން ލިބޭ ގެއްލުން ރެކޯޑް ކުރާނެ ޑޭޓާ ބޭހެއް ގާއިމް ކުރުމާއި އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރުން ފަދަ ކުރިއެރުންތަކެއް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން މިކަމުގައި ބައިނަލްއަގްވާމީ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށާއި ހާއްސަކޮށް މެރިން ފޯކާސްޓިންގ އެންޑް އޮބްޒަވޭޝަން އަދި އާލީ ވާނިން ކެޕެބަލިޓީ ތަރައްގީކުރުމުގައި އެހީތެރިކަން ބޭނުންވާކަން ރައީސް ފާހަގަކުރެއްވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް