ads
އިމާމުންގެ މަހާސިންތާގެ ތެރެއިން
އިމާމުން ޖިންސާއި ޓީޝާޓް ލައިގެން އިމާމްވެ ނަމާދުކުރުން މަނާ
މިސްކިތްތަކުގެ އިމާމުން އިމާމްވެ ނަމާދުކުރާއިރު ޖިންސާއި ޓީޝާޓް ލައިގެން ނަމާދުކުރުން މަނާކަމަށް ކަނޑައަޅާ އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލު ނެރެފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އުސޫލުގައިވާ ގޮތުން އެ އުސޫލް ހެދީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކ،ީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރުކުރުމަށްކަމަށެވެ. މީގެއިތުރުން މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ރިވެތި އަހުލާގީ ސިފަތައް ހިފަހައްޓ،ާ ސުލޫކު ރަނގަޅު ނަމޫނާ ބައެއްކަމުގައި ހެދުމާއި މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ މުޖުތަމައު ބަލައިގަންނ،ަ އަބުރުވެރި އަދި އާންމުން އިތުބާރުކުރާ ފަދަ ބަޔަކަށް ހެދުމަކީވެސް މި އުސޫލް އެކުލެވާލުމުގެ  ބޭނުމެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

މިއަދު އާއްމުކުރި އުސޫލްގައިވާ ގޮތުން އިމާމުވެ ނަމާދުކުރާއިރު ޖީންސް ޓީޝާޓް ފަދަ ތަކެތި ލައިގެން ނަމާދުނުކުރުމަށް ވަނީ އަންގާފައެވެ. އަދި ގަޔަށް ބާރު ހެދުން ލައިގެން އިމާމްވެ ނަމާދުނުކުރުމަށްވެސް ވަނީ އަންގާފައެވެ. މީގެއިތުރުން ބަންގި ގޮވާއިރާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށްވެސް އުސޫލުގައިވަނީ އަންގާފައެވެ.  

އިމާމުން އަމިއްލަ ކަންކަމުގައި އަމަލުރަން އުސޫލްގައި ބުނެދީފައިވާ ބައެއް ކަންކަން

  • ރައްޔިތުންނަށް އޮޅޭ ފަދަ ގޮތްގޮތަށް ދީނާ ގުޅުންހުރި ވާހަކަތައް ނުވަތަ މުޖުތަމަޢުގައި ފިތުނަފަސާދަ އުފެދޭ ފަދަ ނުވަތަ މުޖުތަމަޢުގެ އާންމު މަސްލަހަތު ގެއްލޭ ފަދަ ޢަމަލުތަކާއި ވާހަކަތައް މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ލިޔެ ޝާއިއިކުރުމާއ،ި އެފަދަ ޕޯސްޓުތައް އާންމުނުކުރުން ނުވަތަ އެފަދަ ޢަމަލުތައް ނުކުރުން ނުވަތަ އެފަދަ އަމަލުތަކުގައި ބައިވެރިނުވުން
  • މުޖުތަމަޢުގައި ނަފުރަތު އުފެދޭ ފަދަ ގޮތަކަށް އާންމު ތަންތަނުގައްޔާއި މީސް މީޑިއާގެ ވަސީލަތްތަކުގައި ސާބިތުނުހިފޭ ވާހަކަ ނުދެއްކުމާއ،ި އެފަދަ ޢަމަލުތައް ނުކުރުން.
  • ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިނގާ އަނިޔާވެރި ޢަމަލުތަކާއި ހަރުކަށި ފިކުރުތަކަށް ހިތްވަރުދީ ނެހެދުމާއ،ި އެފަދަ ކަމެއްގައި ބައިވެރިނުވުން.

މި ކަންކަމާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މި އުސޫލުގައިވެއެވެ. ގޮތުން، އުސޫލާ ހިލާފުވާ ކަމެއް ކޮށްގެން އިމާމެއްގެ ޝަކުވާ ހުށަހަޅައިގެން ނުވަތަ އަހްލާގީ މިންގަނޑާ ހިލާފު ކަމެއް މިނިސްޓްރީއަށް ފާހަގަވެގެން އެކަމެއް ތަހުގީގުކުރުމަށް ފަހުގައި ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އުސޫލުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް