ރާއްޖޭގެ އެންމެ ދެކުނުގެ ރަށެއްގައި މި ހިނގާ 2024 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާއާ ގުޅިގެން، ތަށި ތަޅާލި މީހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. މުދަލަށް ގެއްލުން ދިނުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.
މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އެއީ ތަށި ތަޅާލި ކަމަށް ދައުލަތުން ތުހުމަތު ކުރާ މީހާ އެކަން ކުރި ކަމަށް އިއުތިރާފު ވުމުންނެވެ. މި މައްސަލައިގެ ކުށް ސާތިބުވެ އެ މީހާގެ މައްޗަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ހުކުމެވެ. އެހެންނަމަވެސް ކުށަށް އިއުތިރާފުވެ ޝަރީއަތަށް އެއްބާރުލުން ދީފައިވާތީ އެ ހުކުމުން ނުވަ ދުވަސް އުނިކޮށް، އެ މީހާ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު 27 ދުވަހަށް ކޯޓުން ކުޑަކޮށްދިނީ އެވެ.