ads
ހދ.ނެއްލައިދޫގައި ރަށު ވަޤުފް މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ވަޤުފް މަޝްރޫއު، ނެއްލައިދޫގައި މަސްވެރިކަމަށް 10 އައުޓްލެޓް އަޅަނީ
ވަޤުފް މަޝްރޫއޫގެ ދަށުން މަސްވެރިކަަމަށް ހާއްސަކޮށްގެން 10 އައުޓްލެޓް އަަޅަން އިސްލާމިކް މިނިސްޓްރީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް މުހައްމަދު އަލީފްއެވެ.

ވަޤުފް މަޝްރޫއުގެ ދަށުން ނެއްލައިދޫން ޕްރްޕޯޒަލް ހުށައަޅަފައިވަނީ  ލަނޑާ/ކަނޑު/ފަރު މަސްވެރިކަމަށް 10 އައުޓްލެޓް އަޅާށެވެ. އަދި މިތަންތަން އެޅުމަށް ފަހު ނިންމާފައިވަނީ މަސްވެރިކަން ކުރާ އެރަށު އާއްމުންނަށް ކުއްޔަށް ދިނުމަށެވެ. 

މި 10 އައުޓްލެޓް ކުއްޔަށް ދީގެން ލިބޭ ނަފާއިން ރަށުގެ މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ އިޖުތިމާއީ އެކި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނެއްލައިދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރަށްރަށުގައި ވަޤުފް އިމާރާތްތައް އިތުރު ކުރުމަކީ އެ މިނިސްޓްރީގެ އަމާޒެއްކަމަށެވެ. އަދި ނެއްލައިދޫގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމީ ލިބުނު ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ފެނުނު އެންމެ މުނާސަބު އެއް ޕްރޮޕޯސަލްއަކީ ނެެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ޕްރޮޕޯސަލްކަމަށްވީތީ ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. 

ރަށު/ސިޓީ ވަޤުފް ޝްރޫއުގެ ދަށުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލަކުންނާއި 10 އަތޮޅު/ސިޓީ ކައުންސިލަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް