ފުލުހުން ބުނީ މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނީ 30 ދުވަހުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި ފެންނަނީ ސައިކަލުގައި ކުޑަ ފިރިހެން ކުއްޖަކު ގޮވައިގެން ދުއްވާފައި ދާއިރު، އެ ކުއްޖާގެ އަތަށް ހުންގާނުގެ ކޮންޓްރޯލް ދީފައިވާ މަންޒަރެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ މީހާ ފުލުހުންނަށް ހާޒިރުކޮށް، ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުން، މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ ފިޔަވަޅު އަޅާފައި ކަމަށެވެ.