ads
ސްޓެލްކޯ އެމްޑީ ހުސެއިން ފަހުމީ
އަންނަ އަހަރު ސްޓެލްކޯ ކަސްޓަމަރުންނަށް ސްމާޓް މީޓަރު ލިބޭނެ
އަންނަ 2025 ހުގެ ފަހުކޮޅު ސްޓެލްކޯއިން ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރު ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ވާހަަކަދައްކަވަމުން ފަހުމީ ވިދާޅުވީ ވަގުތުން ވަގުތަށް ރައްޔިތުންނަށް ކަރަންޓުގެ ރީޑިން ފެންނާނެ ގޮތެެއް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ފުރަތަމަ ދުވަހުވެސް ފެށި ކަމަށެވެ. އަދި  މިއަހަރު ނިމުމުގެ ކުރިން ސްޓެލްކޯއިން ސްމާޓް މީޓާ ތައާރަފްކޮށް، މިއަންނަ އަހަރު ނިމުމުގެ ކުރިން  ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް 2 އަހަރު ފުރުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް، ސަމާޓް މީޓަރުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން ފަހުމީ ދެއްވި އެވެ.

އޭގެއިތުރުން މިހާރު އޮންނާނީ ޕައިލެޓް ޕްރޮޖެކްޓް ހިންގާ އެ އިފްތިތާހު ކުރާ ހިސާބަށް ދެވިފައި ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭ 2 ވަނަ ފޭސްގައި ސްމާޓް މީޓާ ގެ ހިދުމަތް ފަށާނެ ކަމަށްވެސް އެމްޑީ ވިދާޅުވި އެވެ.

"އޭރުން ރައްޔިތުންނަށް އިނގިލައްވާނެ ބިލައް އަރަނީ ކިހާވަރެއްތޯ އަދި ކޮބާތޯ ބިލް ބޮޑުވާ މައްސައަކީ ،މީގެން އެންމެ ބޮޑު ލިބޭނެ ލުއިފަސޭހައަކީ ރައްޔިތުންނަށް ކަރަންޓު އިގްތިސޯދުކުރަން ލިބިދޭ ވަަރަށް ބޮޑު ފުރުަސަތެއް އެބޭފުޅުންގެ ބިލަށް ދުވަހުން ދުވަހަށް ކޮންމެ 15 މިނެތަކުން މީޓާ ހިނގާ ވަރު އެނގުން އެއީ، ކަރަންޓު އިގްތިސޯދުކޮށްގެން ކަރަންޓު އަގުހެޔޮ ކުރުމަށް ލިބިދޭ ފުރުސަތެއް" ސްޓެލްކޯ އެމްޑީ ފަހުމީ ވިދާޅުވި އެވެ.

ދޭތެރެއަކުން ކަރަންޓު ބިލް ބޮޑުވެ، ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އިތުރުވެގެން ދެއެވެ. އޫސޫލުތަކާއި ހިލާފަށް އެކުންފުނިން އަމަލުކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގާއި ދެކެވޭ ވާހަކަ ދޮގު ކޮށް މީގެ ކުރިން ސްޓެލްކޯއިން ވަނީ ސެޕްޓެމްބަރު ބަޔާނެއްވެސް ނެރެފައެވެ. ކުންފުނިން ރީޑިން ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފަ އެވެ. އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަށް ބިލްކުރަމުން ނުދާނެ ކަމުގެ ޔަގީންކަންދީ، އެ ނޫން ގޮތަކަށް ބިލްކުރަމުންދޭތޯ މުއްސަސާތަކުން ބެލުމަށް ސްޓެލްކޯއިން ދައުވަތުވެސް އޭރު ދިނެވެ.

ސްމާޓް މީޓާ އިންސްޓޯލް ކުރުން ލަސްވެގެން ދިޔައީ ސްމާޓް ގިލްޑްގެ މަސައްކަތް ނިމެންދެން މަޑުކޮށްލަން ޖެހުނީމަ ކަމަށާއި ޖުމްލަކޮށް ހައްލު ލިބެނީ ސަމާޓް ގިލްޑް އާއި، ސްމާޓް މީޓާ އެއްކޮށް އައުމުން ކަމަށްވެސް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިފަހުމީ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް