އެފްޑީސީގެ ހިއްސާގެ ބަދަލުގައި 19 ބިން ދީފި
ގުފްތަގް އަޖީރު
19 ނޮވެންބަރ 2024 - 11:46:26
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގައި ދައުލަތުގެ ހިއްސާގެ ގޮތުގައި އޮތް އެއް ބިލިއަން ރުފިޔާގެ ބަދަލުގައި 19 ބިން އެ ކުންފުންޏަށް މިލްކުކޮށްދީފި އެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި ހުކުމެއްގައި ބުނެފައިވަނީ، މި މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށާއި، އެ 19 ބިން އެފްޑީސީއަށް މިލްކުވެގެންދާނެ ކަމަށެވެ. މި ބިންތަކުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ އެފްޑީސީއަކީ 200 މިލިއަންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ހިއްސާގެ އަގަށްވާ ދެ ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ސަރުކާރުން ނުދީ އޮތީ 107 މިލިއަން ހިއްސާ އެވެ. އެ ހިއްސާގެ އަގުގެ ބަދަލުގައި ފިނޭންސް މިނިސްޓްރީގެ މިލްކުވެރިކަމުގައި އޮތް 19 ބިން އެފްޑީސީއަށް ވިއްކާލީ އެވެ.
- ބިންތަކުގެ އަގަކީ 1.3 ބިލިއަން ރުފިޔާ
- އެފްޑީސީއަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ ކުންފުންޏެއް
- ސިވިލް ކޯޓުން މި މުއާމަލާތް ސައްހަކަމަށް ނިންމި
- އެފްޑީސީގެ ޖުމުލަ ހިއްސާގެ އަދަދަކީ 200 މިލިއަން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް