މިނިސްޓްރީން ބުނީ މި މަޝްރޫއުތަކުގެ ތެރޭގައި ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއު އާއި ނ. މާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނޭ ކަމަށެވެ. މީގެ އިތުރުން 11 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ނިންމާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފެނާއި ނަރުދަމާގެ 29 މަޝްރޫއު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 26 މަޝްރޫއު ނިމޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު ވަނީ 46.6 ޕަސަންޓަށް ނިމިފައެވެ.