މަސް މާރުކޭޓުގައި މަސައްކަތްކުރާ މީހަކު ކުޑަކުދިންނަށް ގޯނާކުރާ މައްސަލައެއް
ގުފްތަގް އަޖީރު
19 ނޮވެންބަރ 2024 - 15:52:35
ހުޅުމާލޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން އުޅޭ މީހަކާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން ގެންދާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކުގައިވާ ގޮތުން، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ހުޅުމާލޭ ފޭސް އެކެއްގެ މަސް މާރުކޭޓުގައި މަސް ވިއްކާ މީހަކަށެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ މައުލޫމާތުތަކުގައިވާ ގޮތުން، އެ މީހާ ވަނީ އެކަހެރި ތަންތަނަށް ދިއުމަށް ކުޑަކުދިންނަށް ދައުވަތު ދީ، އެ ކުދިންގެ ގަޔަށް އަތްލާން މަސައްކަތްކޮށްފަ އެވެ. އަދި އެ މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
- މައްސަލަ ހުށަހެޅީ މިދިޔަ ހުކުރު ދުވަހު
- ތުހުމަތު ކުރެވެނީ ހުޅުމާލޭ މަސް މާރުކޭޓުގައި މަސައްކަތްކުރާ މީހަކަށް
- މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ
- މައްސަލައިގެ ތަހުގީގު ކުރިއަށްދަނީ
- ކުޑަކުދިންނަށް ގޯނާކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް