ads
ކެފޭއަށް ދިން ހަމަލާ ރޭވިކަމަށް ބެލެވޭ މީހާ މިނިވަންވެއްޖެ
އަމީނީމަގުގައި ހުންނަ "ކެފޭ ޑި މާލެ" އަށް ވަދެ އެތަނުގެ ތަކެއްޗާއި އިމާރާތަށް ގެއްލުން ދިން ހަމަލާ ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓުން މިނިވަންކޮށްފިއެވެ.
Advertisement

ނުރައްކާތެރި ހަތިޔާރާއި އެކު "ކެފޭ ޑި މާލެ" ވަދެ އެތަނަށް ގެއްލުން ދިނީ ގުރޫޕަކުންނެވެ. މި މީހުން ތިބީ ހެލްމެޓް އަޅައި މޫނު ނިވާކޮށްގެންނެވެ. 

މި މައްސަލަ ރޭވިކަމުގެ ތުހުމަތުގެ ހައްޔަރުކުރީ ޒުވާނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ ޝަރުތުތަކާއި އެކު އޭނާ މިނިވަންކޮށްފައެވެ. ކޯޓުގެ ނިންމުމުގައި ބުނީ ކެފޭއަށް ހަމަލާދިނުމުގެ ތުހުމަތުވާ މީހުންނާއި އޭނާއާ އެއްވެސް ގުޅުމެއް އޮތްކަން އެނގޭ އެއްވެސް ހެއްކެތް ފުލުހުން ހުށައަޅާފައި ނުވާކަމަށެވެ. 

މީގެއިތުރުން ކެފޭއަށް ހަމަލާ ދިނުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަން ފުލުހުން ވާހަކަތަކުން އެނގޭކަންވެސް ކްރިމިނަލްކޯޓުގް ނިންމުގައިވަނީ ފާހަގަކޮށްފައެވެ. އަދި ކެފޭއަށް ދިން ހަމަލާ ރޭވީ އެ ޒުވާނާކަމަށް ފުލުހުން ބުނިނަމަވެސް އެހެން ބުނުން ފިޔަވާ އެކަން ސާބިތު ކޮށްދޭނެ ހެއްކެތް ނެތްކަމަށްވެސް ދަށު ކޯޓްގެ ނިންމުމުގައިވެއެވެ.  

"ކެފޭ ޑި މާލެ" އަށް ދިން ހަމަލާގައި އެތަނުގެ ކޭޝް ކައުންޓަރުގެ ސޭފްޓީ ބިއްލޫރިގަނޑު ތަޅާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަނުގައި ހެދިކާ ޑިސްޕްލޭ ކުރަން ބަހައްޓާފައި ހުރި ޝޯކޭސްގެ ބިއްލޫރިތައް ތަޅާލައި އެވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި ހަމަލާއަކީ ޑްރާގާއި ގުޅުން ހުރި މައްސަލައެއްގައި ގޭންގްތަކުގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ހިނގިކަމެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް