ads
މިނިސްޓަރު މަރިޔަމް މާރިޔާ
"ހުނަރުތަކުން ތަމްރީންވެގެން ވަޒީފާއަށް ނިކުތުމަކީވެސް އަބުރުވެރި ކަމެއް"
ހުނަރުތަކުން ތަމްރީން ވެވިގެން ވަޒީފާތަކަށް ނިކުތުމަކީވެސް އަބުރުވެރި މަސައްކަތެއްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
Advertisement

މިނސްޓަރު މާރިޔާ މިހެން ވިދާޅުވީ އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ފަހިކުރުމަށްޓަކައި އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އަދި ވިލާ ގްރޫޕް އާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ މިހާރު ގައުމަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަކީ މިހާރަށް ވަރަށް ބޭނުން ޖެހިފައިވާކަމެއްކަމަށެވެ. އަދި މިހާރަކަށް އައިސް ގިނަ މީހުންނަށް ބެލެވިފައި އޮންނަނީ، ގަބޫލްކުރެވިފައި އޮންނަނީ އަބުރުވެރި މަސައްކަތަކަށް ވަނީ ޕްރޮފެޝަނަލް ވަޒީފާތަށްކަމަށެވެ. އެހެންނަމަވެސް ހުނަރުތަކުން ތަމްރީން ވެވިގެން ވަޒީފާތަކަށް ނިކުތުމަކީވެސް އަބުރުވެރި މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކެޑެމިކް ދާއިރާ އާއިއެއްގޮތަށް ހުނަރުތައް ތަރައްގީކުރުމުގެ ދާއިރާ އަކީ އެއް ހަމައެއްގައި ވާ ދެކަންތައްކަން މުޖްތަމަޢުއަށްވެސް ގޮވާލާން ބޭނުންވޭ. އެއީ މިހާރު ގިނަބަޔަކު ދެކޭގޮތުގައި ޕްރޮފެޝަނަލް ސްކިލްސް އަކީ އަހައްމިއްޔަތުކަން ދޭންވާ ސްކިލްސް. އެހެންވެގެން މިހާ ހިސާބަށް ގައުމު އައިސްފައިވާއިރު ގިނައީ އެދާއިރާތަކުން ކުރިޔަށްގޮސްފައިވާ ދަރިވަރުން. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހުނަރުތަކުން ކުރިއަރައިގެން ދިއުމަކީވެސް ހަމަ އިހްތިރާމް ލިބޭކަމެއްކަން" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރުވެސް ގްރޭޑް 10 އަކުން ނިމިފައިތިބި ދެ ހާހަށްވުރެ ގިނަކުދިން ނަށް ކެރިއާގައިޑޭންސް ދޭނެ މަގުތައް ހޯދަން ޖެހިފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން، ތަފާތު ދާއިރާތަކަށް ކުދިން އަހުލުވެރިކޮށް ހުނަރުތަކަށް ދަރިވަރުން ނެރުމަށް އެހީއަކަށް ވެގެންދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް