ads
ފޮޓޯ: ޕީއެސްއެމް
ސިޔާސީ ކަންކަމުގެ ތެރެއަށް ބާކައުންސިލް ވަނުން ރަނގަޅެއް ނޫން: މުހްތާޒް
ސިޔާސީ އޮއިވަރުގައި ހިނގާ ކަންކަމުގެ ތެރެއަށް ބާކައުންސިލުން ވަނުން ރަނގަޅު ނޫންކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި މިހާރުގެ ސްޓޭޓް މިނިސްޓަރު މުހްތާޒް މުހްސިމް ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާގައި ވާހަަކަ ދައްކަވަމުން މުހްތާޒް ވިދާޅުވީ ބާ ކައުންސިލްގެ ނޫސްބަޔާނުގައި ބާ ކައުންސިލްގެ ވަރަށް ގިނަ މެމްބަރުންތަކެއް ކަންބޮޑުވުން ފާޅުކުރާތީވެ އެކަމާ ގުޅިގެން ބާ ކައުންސިލްގެ ރައުޔެއް ރައްޔިތުންގެ މަޖިލީހަށް ދިނުމަށްޓަކައި، މަޖިލީހުގައި އެދުނު ވާހަކައާ މެދު ހައިރާން ނުވާކަމަށެވެ.

ބާކައުންސިލްގައި ސަރުކާރުގެ ނުފޫޒު އޮންނާތީވެ އެ ނުފޫޒު ވަކިކުރުމަށްޓަަކައި ބާ ކައުންސިލުން ބަންޑާރަ ނައިބު ނުހިމެނޭގޮތަށް، ކައުންސިލް އެކުލަވާލާފައި، ބާކައުންސިލް މިނިވަންް ކަމާއެކީ މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވީ ވެސް ރައީސް ޑރ.މުހައްމދު މުއިއްޒު ކަމަށް މުހްތާޒް ފާހަގަކުރެއްވި އެވެ.

"ބާ ކައުންސިލްގެ މެމްބަރުންނަށް ދަންނަވާލަން އަޅުގަނޑުވެސް ލޯޔަރެއް ކޮން މެމްބަރުންތަކެއްތޯ އެވަގުތު ކޮޅުތެރޭ އެހާ ކަންބޮޑުވުން ފާޅުކޮށްގެން ބާ ކައުންސިލްއަށް ލިޔެގެން އުޅުނީ، މީގެ ކުރިން އެންޓި ޑިފެކްޝަން ގާނޫނު އާއިރުގައި ބާ ކައުންސިލް ކޮންތާކުތޮއޭ ވީ" މުހްތާޒް ވިދާޅުވި އެވެ.

ރަނގަޅު އިސްލާހީ ފާޑުކިޔުމަށް ނޫނީ ގާނޫނުތަަކަށް ބަދަލުގެންނައިރު ކައުންސިލްގެ ދައުރެއް އޭގައި އޮތުމަށް ތާއީދު ކުރައްވާކަމަށާއި އެހެން ނަަމަވެސް ސިޔާސީ އޮޔަވަރުގައި ހިނގާ ކަންކަމުގެ ތެރެއިން އެހާ ބޮޑަށް ބާ ކައުންސިލުން ވެސް ވަނުން އެއީ އެހާ ބޮޑަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް މުހްތާޒް ވިދާޅުވި އެވެ. 

އަދި އޭގެ ނަތީޖާ ރަގަޅެއް ނުވާނެ ކަމަށާއި އޭގެން ލިބިގެން ދާނީ އެހެން ކަހަލަ މެސެޖުތަކެއް ކަމަށްވެސް މުހްތާޒް ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ އިސްލާހު ހުށަހެޅުމުގެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތަށް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭގޮތަށް ބިލުގެ ކަންކަން އިންތިޒާމްކޮށްދެއްވުމަށް ބާ ކައުންސިލުން ވަނީ ނެރުނު ބަޔާނުގައި ގޮވާލާފަ އެވެ.

ނަމަވެސް އެ ބިލު މުޅި ދިރާސާ ކުރިއިރު، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމީ ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ނުކުރުމަށެވެ.

ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކުރި ދުވަސްވަރެއް ވެސް ދިޔަ އެވެ.

ވަކީލުންގެ މައްސަލަތައް ބެލުމާއި ރެގިއުލޭޓް ކުރުން ވަކީލުންނަށް ދޫކޮށްލުމަކީ އަބަދުވެސް ގާނޫނީ ފަންނުގެ ދާއިރާގައި އަޑު އުފުލަމުން އައި ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް