ads
މާލޭ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ
މާލޭގެ މަގުތައް އަލުން ހެދުމުގެ މަސައްކަތް ފަށައިފި
މާލޭގެ މަތުތައް އަލުން ޒަމާނީ ފެންވަރަށް ހަދަން ފަށައިފިއެވެ.
Advertisement

މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ އެހީގައި ހަދައިދޭން ނިންމާފައަިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައެވެ. މި މަސައްކަތް ކޮށްދެނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައެވެ. މި މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިދިޔަ ޖުލައި މަހުގެ 23ގައި ޗައިނާގައިވަނީ ސޮއިކޮށްފައެވެ. އަދި ޗައިނާގެ ސާވޭ ޓީމުން ރާއްޖެ އައިސް ސާވޭގެ މަސައްކަތް ވަީ ނިންމާފައެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މުހިންމު ވައުދުގެ ދަށުން، މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މިނިސްޓްރީން ބުނީ ދެން އޮތީ މި މަޝްރޫއުގެ ޑިޒައިނިން މަރުހަލާކަމަށެވެ. 

މުހިންމު ފަރާތްތަކާއެކު ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތަކަށްފަހު، ޗައިނާ ސަރުކާރުން އެކުލަވާލި އެކްސްޕާޓް ޓީމުން ވަނީ މަގުމަތީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ނިންމާފައިކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

ސާވޭގެ މަސައްކަތުގެ ދުވަސްވަރު ޗައިނާގެ މުން ވަނީ މިނިސްޓްރީގެ ޓެކްނިކަލް ޓީމާ އެކު މާލެ އާއި ވިލިމާލެ މަގުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކޮށްފައިކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

މާލޭއާ ވިލިގިނލީގެ މަގުތައް ހަދާނީ ބޭނުންވާ ހުރިހާ ނެޓްވޯކްތަކެއް ގާއިމުކޮށް އެކި އެކި ބޭނުންތަކަށް އަވަސް އަވަހަށް މަގު ރޫޅާލަން ނުޖެހޭ ގޮތަށް ކަމަށް ރައީސްް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މަގުތައް އަލުން ހަދާއިރު ބިމު އަޑީގައި ހުރި ފެނާ ނަރުދަމާ އަދި ކަރަންޓް ނެޓްވޯކްތައް އެއްކޮށް އާ ކުރާނެ ކަމަށާއި މަގުތައް ހެދިގެންދާނީ ގޯޅިތަކާއިވެސް އެކީގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް