ads
ފުއާދު ތައުފީގު
އީސީގެ ދައުރު ފުއާދު ނިންމަވާލައްވައިފި، އެންމެންގެ ލޯތްބާއި ޝުކުރާ، ތައުރީފު
އިލެކްޝަން ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގު އޭނާގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަނާއި ވަކިވެޑައިގެންފިއެވެ.
Advertisement

މިވަގުތު އެ ކޮމިޝަންގއި ތިއްބެވި މެމްބަރުންގެ ތެރެއިން ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރަަކީ ފުއާފު ތައުފީގެވެ. 

ފެހި ގާނޫނު އަސާސީ ގެ ދަށުން ފުރަތަމަ އެކުލަވާލި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަންވެސް ފުއާދު ވަނީ ކުރައްވާފައެވެ. ފުއާދަކީ އޭރު ރާއްޖޭގައި އޮތް ހުރިހާ ސިޔާސީ ޕާޓީއަކުން ރުހިގެން އެފަހަރު ކޮމިޝަނަށް އައްޔަން ކުރި މެމްބަރެކެވެ. 

ރާއްޖޭގެ ފުރަތަމަ ފަހަރަށް ބޭއްވި މަލްޓި ޕާޓީ ފުރަތަމަ ރިޔާސީ އިންތިހާބުގައި ފުއާދު ވަނީ ކޮމިޝަންގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. 

2008 ވަނަ އަހަރުން ފެށިގެން 2014 ގެ ނިޔަލަށް ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި ދުވަސްވަރު ފުއާދަށް ވަނީ ގިނަ ގޮންޖެހުތަކާއި ކުރިމަތިވެފައެވެ. ހާއްސަކޮށް 2013ގެ ރިޔާސީ އިންތިހާބާއި އެކު ސުޕްރީމްކޯޓުން ފުއާދުގެ މައްޗަށް އިއްވި ހުކުމް ހިމެނެއެވެ. އަދި އެ ހުކުމާއި އެކު 2014 ވަނަ އަހަރު އޭނާ ވަނީ ކޮމިޝަނުން މަގާމުން ވަކިކޮށްފައެވެ. 

2014 ވަނަ އަހަރުގެ މާޗް ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ފުއާދުގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމއް އިއްވިއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ތަންފީޒުކުރުން ތިން އަހަރަށް ފަސްކޮށްފައެވެ. އަދި އެ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފިނަމަ ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒުކޮށް ނިމުނީކަމަށްވެސް އޭރު ސުޕްރީމްކޯޓުން އިއްވި ހުކުމުގައިވެއެވެ.

your imageފުއާދު ކޮމިޝަން މެމްބަރު އާސިފާއި އެކު 

އީސީގެ މެމްބަރު ކަމަށް ފަހުން ފުއާދު އައްޔަންކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި 24 ނޮވެމްބަރު 2019ގައެވެ. އޭގެ ފަހުން މިހާރު ހުންނެވި  ކޮމިޝަންގެ ރައީސްކަމަށް ފުއާދު އައްޔަންކުރެއްވީ 2021 ވަނަ އަހަރު އެވެ. 

މިއަދަކީ ކޮމިޝަންގެ ފަހު ދުވަސްކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ މަސައްކަތައް ޕާޓީތަކުންނާއި އާއްމު ރައްޔިތުން ކުރި އިތުބާރަށް ޝުކުރު އަދާކޮށްފައެވެ. 

ފުއާދު ކޮމިޝަނުން ފަހު ދުވަސްކަން ހާމަކުރުމުން ގިނަ ބަޔަކު އަންނަނީ ފުއާދު ކުރެއްވި މަސައްކަތައް ތައުރީފުކޮށް ޝުކުރުގެ މެސެޖްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ފުއާދުގެ މަގާމުން ހުސްވާތީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަބްދުލް ހަސީބު އިސްމާއިލް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ. އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް