 
                                                                                                
                    ރިޕޯޓްތައް ބުނާ ގޮތުން ޔަމާލް، ބާސާއާއެކު އިތުރު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދުމަށް އަނގަބަހުން މިހާރުވަނީ އެއްބަސްވެފައެވެ. އެކަމަކު އާ އެއްބަސްވުމެއްގައި އަދި ސޮއި ނުކުރެއެވެ. ޔަމާލް މިހާރު ހުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައެވެ. އެކަމަކު އާ ސީޒަން ފެށުމުގެ ކުރިން، އިތުރު ހަ އަހަރު ދުވަހުގެ އެއްބަސްވުމުގައި ޔަމާލް ސޮއި ކުރާނެ ކަމަށް ބެލެވެއެވެ.
ޔަމާލްގެ މިހާރުގެ ކޮންޓްރެކްޓަކީ އޭނާގެ އުމުރުން 16 އަހަރުގައި ހެދި ކޮންޓްރެކްޓެކެވެ. އޭނާގެ މިހާރުގެ އުމުރަކީ 17 އަހަރެވެ، އަދި މިހާރު ހަދާފައިވާ ކޮންޓްރެކްޓް 2026 ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ.
ޔަމާލްގެ ކޮންޓްރެކްޓް އާކުރުމާމެދު ބާސެލޯނާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާއިރު، އޭނާ ހޯދުމަށް ޕީއެސްޖީން ރެކޯޑް އަގެއް ހުށަހަޅާނެ ކަމަށް އޮތީ ބެލެވިފައެވެ.