ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވަނީ ގޭންގު ކުށްތަކުގެ މައްސަލަތައް ކަމަށެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސްތުވާތަކެތީގެ ގާނޫނަށް ވެސް އިސްލާހުތަކެއް މި ހަފުތާ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ބަދަލުތައް ގެންނަނީ ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާ އެކުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.