މިދިޔަ ސަރުކާރުން ވަނީ ރާއްޖޭގެ 20 ރަށުގަައި ފެނާއި ނަރުދަމާގެ މަސައްކަތް ހިންގުމަށް ހަވާލުކޮށް އެ މަޝްރޫއތައް ހިންގަމުންނެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައިވާ 20 ރަށެއްގެ މަޝްރޫއު މި ސަރުކާރުން ބާތިލުކޮށްފައިވާކަމަށެވެ. އަދި މާ ބޮޑު ރަސްމިއްޔާތެއް ނުބޭއްވި ނަމަވެސް އޭގެ ތެރެއިން 19 ރަށުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަކަމަށް މުއްތަލިބު ވިދާޅުވިއެވެ.
400 މިލިއަން ރުފިޔާގެ ދަރަންޏެއްގައި އޮތް ފެނަކައިގައި ހުރި އެ ކުންފުންޏާއި ނުގުޅޭ މަޝްރޫއުތައް ނަގާ ކަމާއި ގުޅޭ ކުންފުނިތަކާއި ހަވާލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.