ސްޕޯޓުން އަތުން އާސެނަލް ރޭ މޮޅުވީ ފަސް ލަނޑު އެއް ލަނޑުންނެވެ. ސްޕޯޓިން ކޮޅަށް އާސެނަލްގެ ލަނޑުތައް ޖެހީ ގަބްރިއެލް މާޓިނެލީ، ކައި ހަވާޓްޒް، ގަބްރިއެލް މަގާޅައެސް، ބުކާޔޯ ސަކާ އަދި ލެއަންޑްރޯ ޓްރޮސާޑް އެވެ. ސްޕޯޓިންގެ ހަމައެކަނި ލަނޑު ޖެހީ ގޮންޒާލޯ އިނާޝިއޯ އެވެ.
މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމޮރިމް ކުރިން އިރުޝާދުދިން ޓީމު ސްޕޯޓިން މި ސީޒަނުގައި ބަލިނުވެ، އަދި އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ، އަހަރެއް ވަންދެން އޮތުމަށް ފަހު އެކަން ނިމުނީ ރޭ އާސެނަލް އަތުންނެވެ.
މި މޮޅާ އެކު، އާސެނަލުން ވަނީ ޗެމްޕިއަންސް ލީގުގައި ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށް، އަށްވަނައަށް އަރާފައެވެ.