މޫސުން ގޯސްވާނެކަމަށް ބުނެ މެޓުން އިންޒާރު
ގުފްތަގް އަޖީރު
30 ނޮވެންބަރ 2024 - 10:17:55
މޫސުން ގޯސްވާނެކަމަށް ބުނެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވަނީ އިންޒާރު ދީފިއެވެ.
މެޓުން ބުނީ ހއ. އަތޮޅުން ފެށިގެން އަތޮޅާ ހަމައަށާއި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށެވެ. އަދި މި ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ބުނެފައިވެ އެވެ.
މެޓުން ނެރުނު ވައިޓް އެލާޓުގައި ބުނެފައިވަނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ. މި އެލާޓް ދެމިއޮންނާނީ މިއަދު ހެނދުނު 6:35 އިން މެންދުރު 12:30 އާ ހަމައަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ރޭގަނޑު ވަނީ ޔެލޯ އެލާޓެއް ވެސް ނެރެފައެވެ.
- ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯވާރޭވެހޭނެ
- ގަޑިއަކު 45 މޭލަށް ވައިގަދަވާނެ
- ވައިޓް އެލާޓް ދެމިއޮންނާނީ މެންދުރު 12:30 އާ ހަމައަށް
- ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓެއް ވަނީ ނެރެފަ
- ކަނޑުތައް ގަދަވާނެކަމަށް އިންޒާރު ދީފައިވޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް