 
                                                                                                
                    ބާސެލޯނާ، ލީގުގައި މިރޭ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޔަމާލްވަނީ ކުޅެން ނުކުމެފައެވެ. މިއީ އަނިޔާގެ ސަބަބުން ދުވަސްކޮޅަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު ޔަމާލް އެނބުރި އައި މެޗެވެ.
މި މެޗުން ބަލިވިޔަސް ބާސެލޯނާ އަދިވެސް އޮތީ އެއްވަނައިގައެވެ. ބާސާ އެއްވަނައިގައި އޮތީ، 15 މެޗުން 34 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ވާދަވެރި ރިއާލް މެޑްރިޑް އޮތީ، 13 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.