ވޯޓާ ޕާކު މައްސަލައިގައި އެޗްޑީސީން އަލުން ދައުވާކުރަން ނިންމައިފި
ގުފްތަގް އަޖީރު
01 ޑިސެމްބަރ 2024 - 15:09:47
ހުޅުމާލޭގައި ވޯޓާ ޕާކެއް އެޅުމަށް ވޯޓާ ފްރަންޓު ހޮޓެލް އެންޑް ލެޝާ ކުންފުންޏާ ދެކޮޅަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އަލުން އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރުމަށް ޓަކައި އަނބުރާ ގެންގޮސްފިއެވެ.
އެޗްޑީސީން ކޯޓުގައި ބުނީ ޕާފޯމަންސް ގެރެންޓީއަށްވާ ފައިސާ އާއި ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ހުށަހަޅަން ބޭނުންވާތީ، މިހާރު ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ. އަދި އަލުން ދައުވާކުރުމުގެ ހައްގު އޮންނާނެ ގޮތަށް ދައުވާ ފޯމު ބާތިލުކޮށްދިނުމަށް ވެސް އެދިފައި ވެ އެވެ.
ވޯޓާ ފްރަންޓާ ދެކޮޅަށް އެޗްޑީސީން ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ. އެއީ ވޯޓާ ޕާކު މަޝްރޫއު ނިންމަން ކަނޑައެޅިފައިވާ މުއްދަތަށް ހުށަހަޅަން ޖެހޭ ޕާފޯމަންސް ސެކިއުރިޓީގެ މައްސަލައާއި އެ މަޝްރޫއަށް ހަވާލުކޮށްފައިވާ ދެ ބިމުގެ ކުލީގެ މައްސަލަ އެވެ.
އެޗްޑީސީން މި މައްސަލަތައް އަނބުރާ ގެންދިޔުމާ މެދު ވޯޓާ ފްރަންޓުން އިއުތިރާޒު ނުކުރާތީ، ކޯޓުން ވަނީ އެ މައްސަލަތައް ބާތިލުކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް