ޑިސެމްބަރު 1 އިން ފެށިގެން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކޮށްފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް އަންނާނެ ބަދަލުތައް ދެނެގަނެ، އޭގެ ހައްލު ހޯދުމަށް އެމްއެމްޕީއާރްސީން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް
ޓެކްސްތައް ބޮޑުކުރުމާ ގުޅިގެން ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުންނަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވެގެންދާނެ ކަމުގެ ހަބަރުތައް ސީއެންއެން އާއި ޓީޓީޖީ އޭޝިއާ ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުގައި ޝާއިއުކޮށްފައިވެ އެވެ. އަދި މިކަމުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;