މިއަދުން ފެށިގެން މި ޑިސެމްބަރުގެ 14 އާ ހަމައަށް ކުރިއަށް ގެންދާ މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ހައިނަން ޕްރޮވިންސްގެ ހައިކޫގައި ކަމަށް ފުލުހުންގެ ހިދުމަތުން ބުނެއެވެ.
މި ސެމިނާގައި ބައިވެރިވާ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހްމާ ސައީދު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދިމްހާމް އާއި ނަސްރުﷲ ޖަލީލުގެ އިތުރުން އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 12 ފުލުހުން ކަމަށް ފުލުހުންގެ ހިދުމަތުން ބުނެއެވެ.
މި ސެމިނާގައި ބައިވެރިވާ އޮފިސަރުންނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ގާނޫނީ ވިސްނުންފުޅުތަކާއި، ޗައިނާގެ ފުލުހުންގެ ސްޓްރެޓެޖީ، ފުލުހުންގެ ލީޑާޝިޕް، ފްރޯޑް ހުއްޓުވުން، ކޮމިއުނިޓީ ޕޮލިސިން ނިޒާމު އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެއެވެ. އޭގެ އިތުރުން، މައްސަލަތައް ތަހުގީގު ކުރުމާއި، ކެލިގްރަފީ އަދި ސްވޮޓް ޓެކްޓިކްސްއާއި ތާއި ޖީ (ސެލްފް ޑިފެންސް) އާ ގުޅޭ އަމަލީ ތަމްރީނުތައްވެސް ސެމިނާގައި ހިމެނޭ ކަމަށް އެ ހިނދުމަތުން މައުލޫމާތު ދެއެވެ.
ސެމިނާގައި ބައިވެރިވުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރުންނަށް ޗައިނާގެ ފުލުހުންގެ ތަޖުރިބާއިން އުނގެނި، އަދި ދެ ގައުމުގެ ފުލުހުންނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިއްމު ފުރުސަތެއް ކަަމަށް ފުލުހުންގެ ހިދުމަތުން ބުނެއެވެ.