ads
އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެތަނުގެ ތެލުން ވައްކަންކުރާ މައްސަލައެއް ބަލަނީ
އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެތަނުގެ ތެލުން ވައްކަންކުރަމުން އަންނަ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތު ތަހުގީގުކުރަން ފަށައިފިއެވެ.
Advertisement
ހޯމް މިނިސްޓަރު އަލީ އިހްސާން ދާދި ދެންމެ އަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެކުންފުނީގެ ތެލުން ވައްކަންކޮށް އޭގެއިން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާކަމަށް ޝައްކު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.  
" މި މައްސަލާގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުންވަނީ 10 މީހުނާއި 2 ގެ އަދި ތެޔޮއުފުލާ 2 ބާޖު ބަލައި ފާސްކޮށް މައްސަލައާއި ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައި." އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.
މި މައްސަލައިގެ ތަފްސީލެއް މިނިސްޓަރު އިހްސާން ނުދެއްވައެވެ. މިނިސްޓަރު ވިދާޅުވީ މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެކަމަށެވެ. އަދި މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއްކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. 

އެފްއެސްއެމްގެ ތެލުން އެތަނުގެ މުވައްޒަފުން ވައްކަން ކުރާ މައްސަލައެއް ބަލާކަން ހޯމް މިނިސްޓަރު މި ހާމަކުރެއްވީ އެތަނުގެ އެމްޑީގެ މަގާމުގައި ހުންނެވި އިސްމާއީލް ސުހައިލް ދާދި ފަހުން އިސްތިއުފާދެއްވާފައި ވަނިކޮށެވެ. 

އެނގިފައިވާ ގޮތުގައި ކުއްލި ގޮތަކަށް ސުހައިލް މަގާމުން އިސްތިއުފާދެއްވީ އޭނާގެ މައްސަލަތަކެއް އެސްޓީއޯއިން ބަލަމުން ދަނިކޮށެވެ. އެހެންނަމަވެސް ސުހައިލާއި ގުޅޭ ގޮތުން ބަލަމުންދާ މައްސަލައާއި މިނިސްޓަރު އިހްސާން މިރޭ ހާމަކުރެއްވި މައްސަލައާއި ގުޅުން އޮތްކަމެއް ސާފެއް ނުވެއެވެ.  



0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް