ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކަރަންޓު ބިލުގެ އަގުތައް 2.64 ޕަސަންޓު ދަށަށް ދިޔައިރު، ތަރުކާރީގެ އަގުތައް ވަނީ 3.91 ޕަސަންޓު ދަށަށް ގޮސްފަ އެވެ.
މީގެ އިތުރުން ފޯނު އިކުއިޕްމަންޓުގެ އަގުތައް 1.68 ޕަސަންޓު ދަށަށް ދިޔަ އެވެ. އަދި ކާނާގެ އެހެން ބާވަތްތަކުގެ އަގުތައް ވެސް ވަނީ 0.44 ޕަސަންޓު ދަށަށް ގޮސްފަ އެވެ. ފުރުޓުގެ އަގުތައް ވެސް ވަނީ އެއް ޕަސަންޓު ދަށަށް ގޮސްފަ އެވެ.
ނަމަވެސް މި މުއްދަތުގައި ބައެއް ތަކެތީގެ އަގުތައް ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން މޮބައިލް ކޮމިއުނިކޭޝަން ހިދުމަތުގެ އަގުތައް 2.88 ޕަސަންޓު މައްޗަށް ދިޔަ އެވެ. އަދި މަހުގެ އަގުތައް 1.37 ޕަސަންޓު މައްޗަށް ދިޔަ އެވެ. މީގެ އިތުރުން ސީރިއަލްގެ އަގުތައް ވެސް ވަނީ 0.22 ޕަސަންޓު މައްޗަށް ގޮސްފަ އެވެ.