މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ޑިސެންބަރު 2 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން 1،000 ޓަނުގެ މުދާ އެކްސްޕޯޓު ކޮށްފައިވާ ކަމަށެވެ.
އެމްއޭސީއެލްގެ ކާގޯ އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓުން މި މުދާތައް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެއަޕޯޓުގެ ކާގޯ ޓާމިނަލް މެދުވެރިކޮށެވެ.
މި ކާމިޔާބީއަކީ އެއަޕޯޓުގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ވެސް އެމްއޭސީއެލްއިން ފާހަގަކޮށްފައިވެ އެވެ.