އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ އެތެރޭގެ ތަހުގީގަކަށް ފަހު މި މުވައްޒަފުން ވަކިކުރި އިރު، ބައެއް މުވައްޒަފުންނަށް އަމިއްލައަށް ވަކިވުމުގެ ފުރުސަތު ވެސް ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މި މައްސަލައިގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހެއިލް ވެސް ވަނީ އިސްތިއުފާ ދީފަކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. އެ ތަހުގީގުގެ ދަށުން 10 މީހުންނާއި ދެ ގެ އަދި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައިވާ ކަމަށާއި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތައް ވެސް ވަނީ ހޯދައިފަ އެވެ.