ads
ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރެއްގައި ލިފްޓް ހަރު ކުރަނީ. -- ފޮޓޯ: އެޗްޑީސީ
ހިޔާގައި ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު ހޭދަވި: ފަޒުލް
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ހަނދިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ހިޔާގެ 16 ޓަވަރުގައި ހަރުކުރުމަށް 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ. 

އެ ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު މަސައްކަތަށް ހޭދަވަނީ ކިހާ ފައިސާ އެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"18 މިލިއަން ޑޮލަރު އިނގޭތޯ. އެއީ، ގާތްގަނޑަކަށް ހިޔާގެ ހުރިހާ ލިފްޓެއް ގަތުމަށް.. 32 ލިފްޓު އެއީ. އެ މަސައްކަތް ކުރިއަށްދަނީ،" ފަޒުލް ވިދާޅުވި އެވެ.

މީގެ ކުރިން އެޗްޑީސީން ބުނި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމި، އަލަށް ހަރުކުރާ ލިފްޓުތައް ބޭނުންކުރެވެން ފެށޭނެއެވެ.

ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ހަވާލުކުރޯ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ޖަހައިގެން ކުރަން ފެށި މަސައްކަތެކެވެ.

އޭރު ބަޖެޓުގައި އޮތީ މި މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. 

ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. ހިޔާގެ ޓަވަރުތަކުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް