މައުލޫމާތު ލިބިފައިވާ ގޮތުގައި ފުޓްސަލް ރެފްރީސް އެކަޑަމީއެއް އުފެއްދީ ރާއްޖޭގައި ފުޓްސަލް ރެފްރީކަން ކުރާ ގިނަ ސީނިއާ ރެފްރީންތަކަކާއެކު ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރުމަށްފަހުގަ އެވެ. މިއީ ރެފްރީންގެ ފެންވަރު މަތިކޮށް ރެފްރީންގެ ކުރިއެރުމަށް, ކުރަން ޖެހޭ ކަންކަން ކުރުމުގެ މަގްސަދުގައި އުފެއްދި އެކަޑަމީއެކެވެ.
މި ރެފްރީ އެކަޑަމީ ހިންގުމުގެ މަސައްކަތް ކުރާނީ ފުޓްސަލްގެ ސީނިއާ ރެފްރީންނެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން "ގޯލްޑަން ފުޓްސަލް ރެފްރީސް އެކަޑަމީ" އުފެއްދިއިރު, މި އެކަޑަމީގެ މަސައްކަތުގައި އަމަލީ ގޮތުން ރާއްޖޭގެ ސީނިއާ ގިނަ ރެފްރީން ޝާމިލުވެ އެވެ.