އިންޓަސްކޫލް އަންހެން 19 އަހަރުން ދަށުގެ ޗެމްޕިއަންކަން، ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު، އަތޮޅު ތައުލީމީ މަރުކަޒުން ހޯދިއިރު، 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ، ފީއަލީގައި ހުންނަ ފ. އަތޮޅު މަދަރުސާއިންނެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މަޑިފުށި ސްކޫލް ހޯދިއިރު، 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމަކީ ކުނބުރުދޫ ސްކޫލެވެ. އަދި ރޭ ކުޅުނު މުބާރާތުގެ އެންމެ ފަހު ފައިނަލް ކަމަށްވާ 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ސީއެޗްއެސްސީ ބަލިކޮށް އިހަވަންދޫ ސްކޫލެވެ.