ގިނަ މަސްތަކެއް ވަންދެން މުސާރަ ނުލިބުމާ ގުޅިގެން އެ މީހުން މިއަދު މުލިޔާގޭ ކައިރިއަށް އެއްވި ނަމަވެސް، ފުލުހުން ވަނީ އެ ސަރަހައްދުން އެ މީހުން ދުރުކޮށް، ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ސަރަހައްދާ ހަމައަށް ފޮނުވާލާފަ އެވެ.
އެ މީހުންނަކީ ކޮން ކުންފުންޏެއްގައި މަސައްކަތްކުރާ ބަޔެއްކަން އަދި އެނގިފައެއް ނުވެ އެވެ. އަދި އެ މީހުންނަށް ނުދީ އޮތީ ކިތައް މަހުގެ މުސާރަކަން ވެސް އަދި ސާފެއް ނުވެ އެވެ
މުލިޔާގޭ ކައިރީގައި މުސާރަ ނުލިބިގެން ހިތްހަަމަ ނުޖެހުން ފާޅުކުރީ އިންޑިއާ އާއި ބަންގްލަދޭޝްގެ ބިދޭސީ ބައެކެވެ . އެއީ 38 އިންޑާ މީހުންނާއި 17 ބަންގްލަޑޭޝް މީހުންކަމަށް ފުލުހުން ބުނެއެވެ.