ads
ކުއްލި ގޮތަކަށް ނިޔާވި ފުވައްމުލަކު އަހުމަދު ލަތީފް - ފޮޓޯ: ވެމްކޯ
އުމްރާއަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
އިއްޔެ އުމްރާގެ އަޅުކަމަށްފަހު މާލެ އައި، މީހަކު މިއަދު ނިޔާވެއްޖެ އެވެ.
Advertisement

ކުއްލި މަރަކުން، މަރުވީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އަހުމަދު ލަތީފް (ރަތަމަލާނާ އަހުމަދު) އެވެ. އަހުމަދަކީ ފުވައްމުލަކު ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފެކެވެ. 

އެނގިފައިވާ ގޮތުގައި، އުމްރާގެ އަޅުކަން ނިންމައި އޭނާ ރާއްޖެ އައީ އިއްޔެ އެވެ. އަދި އޭނާ ނިޔާވީ ރަށަށް ދިއުމުގެ ކުރިން އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އއ. ތޮއްޑޫގައި ހުއްޓަ ހާޓް އެޓޭކެއް ޖެހިގެންނެވެ. 

މި ޗުއްޓީގައި އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ  އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނަކާއި ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން އުމްރާއަށް ދިޔަ ދެ ފިރިހެނުންނެވެ.

އުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ހާލު ދެރަވި ދިވެއްސަކު ދާދިފަހުން ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ. އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ގްރޫޕްތަކުގެ ހަވާލުގައި 7،000 އަށް ވުރެ ގިނަ މީހުން އުމްރާ އަށް ދިޔަ އެވެ. އަދި އުމްރާ އަށް ގޮސް އުޅެނިކޮށް ދެ މީހަކު ނިޔާ ވެސް ވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް