ބޯޕާލުގައި ހުންނަ އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ، ޖުޑީޝަލް އޮފިސަރުންގެ ޓްރެއިނިން އެންޑް ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްގެ މިއީ ފަސްވަނަ ބެޗެވެ. މި ބެޗު އިންޑިޔާއަށް ފުރީ މިއަދު އެވެ.
މިއަދު ފުރި 50 ބައިވެރިންގެ ތެރޭގައި ފަނޑިޔާރުންނާއި ކޯޓުތަކުގެ ލީގަލް އަދި އިދާރީ މުވައްޒަފުން ހިމެނެއެ އެވެ.
މިއީނޭޝަނަލް ޖުޑީޝަލް އެކަޑަމީ އިންޑިއާ އާއި މޯލްޑިވްސް ޖުޑީޝަލް ސާވިސް ކޮމިޝަންއާ ދެމެދު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވާ ޕްރޮގްރާމެކެވެ.
މި އެއްބަސްވުމަކީ، އޮކްޓޯބަރު މަހު ރައީސް ޑރ. މުއިއްޒު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އާކޮށްފައިވާ އެއްބަސްވުމެކެވެ. މި ފަހަރުގެ ބެޗުވެސް އިންޑިޔާގައި ހަފްތާއެއްހާ ދުވަހު ތަމްރީންތައް ކުރިއަށް ގެންދާނެ އެވެ.