ads
ޗެލްސީގެ ބައެއް ކުޅުންތެރިން
ޗެލްސީން ދެވަނައިގަ ހަމަ ޖެހިލައިފި
އާސެނަލް އެއްވަރުވުމުގެ ފައިދާ ނަގައި، ޗެލްސީން ލީގު ޓޭބަލްގެ ދެ ވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
Advertisement

އާސެނަލް ރޭ އެއްވަރުވީ ފުލަމްއާއެވެ. މި ނަތީޖާއާ އެކު އާސެނަލް އަށް ވަނީ 15 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީން ވަނީ 15 މެޗުން 31 ޕޮއިންޓް ހޯދައިފަ އެވެ. ޗެލްސީން ރޭ މޮޅުވީ ޓޮޓްންހަމް އަތުންނެވެ.

ޗެލްސީއާ ދެކޮޅަށް ޓޮޓެންހަމުން ވަނީ ވަރަށް ކުރީކޮޅު ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފަސްވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ޑޮމިނިކް ސޮލަންކޭ އެވެ. އޭގެ ހަ މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ޑިޔާން ކުލުސެވްސްކީ އެވެ. ޗެލްސީން ވަނީ 17 ވަނަ މިނިޓުގައި ޖޭޑަން ސަންޗޯ ޖަހައިދިން ގޯލުން ފަރަގު ކުޑަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ޗެލްސީން އެއްވަރުކުރީ ކޯލް ޕާމާ ކާމިޔާބު ކޮށްދިން ޕެނަލްޓީއަކުންނެވެ. އެއަށް ފަހު އެންޒޯ ފެނާންޑޭޒް ޗެލްސީ އަށް ލީޑު ނަގައިދިން އިރު، ޕާމާ ވަނީ އިތުރު ޕެނަލްޓީއަކުން ހަތަރު ވަނަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ޓޮޓެންހަމްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ސޮން ހެއުން މިން އެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް