ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ކެޔޮޅުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
މާދަމާ އިން ފެށިގެން 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް ހުޅުވާފައި ހުރި މަސްވެރިންނަށް މާދަމައިން ފެށިގެން 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
Advertisement

ރައީސް މިކަން އިއުލާން ކުރެއްވީ މިއަދު ކ. ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ބީއެމްއެލްގައި މަސްވެރިންގެ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށް އެމަނިކުފާނުގެ އެ ވަޢުދާ އެއްގޮތަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ޖަމާވަމުންދާނެކަމަށެވެ. ރައިސް ވިދާޅުވީ މިއަދުންފެށީގެން މަސްވެރިންނަށް ފައިސާ ދިނުމަށް އޮތް ބެކްލޮގް ނުވަތަ ފައިސާ ނުދީއޮތުން ނިމުމަކަށް އައީކަމަށެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް މިހާރު ހުސްކުރެވިފައި ވާތީ، ބީއެމްއެލްގައި އެކައުންޓު ހުރި ކޮންމެ މަސްވެރިއަކަށް މާދަމާ އިން ފެށިގެން 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފަށާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ. އެމްއައިބީގައި އެކައުންޓު ހުރި މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިތުރު ތަފަސީލު އަންނަނީ


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް