ads
ރައީސް ޑރ. މުއިއްޒު ކ.ހުރާ ގައި
މި މަހު ބޭރު ފައިސާ މާރުކުރެވޭނެ ގާނޫނު ފާސްކޮށް އަމަލުކުރަން ފެށޭނެ: ރައީސް
ރައްޔިތުންގެ މަޖިލީސް، މި ދައުރުގެ ޗުއްޓީއަށް މި ޑިސެމްބަރު މަހުގެ 15 ގައި ދިއުމުގެ ކުރިން ބޭރު ފައިސާ މާރކުރެވޭނެ ގާނޫނު ފާސްކޮށް އެއަށް އަމަލުކުރަން ފެށިގެން ދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ކ. ހުރާ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ނިންމީ ރައްޔިތުންގެ ހައްގުގަިއ، ރައްޔިތުންނަށް ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ދައުރުވާ ބޭރު ފައިސާ ނޫނީ އިގްތިސޯދަށް އަންނަ ބޭރު ފައިސާ އިން ކޮންމެވެސް ބައިކުޅަ ބައެއް ބޭންކިން ނިޒާމުގެތެރޭގައި މާރުކުރެވިގެން ދާން ޖެހޭނެ ގޮތަށް ހެދުން ކަމަށެވެ. އެގޮތުން  އެއީ ހަމަ ހަގީގަތުގައިވެސް ރައްޔިތުންގެ ލާބައާ މަންފާއަށް، ރައްޔިތުންނަށް އެކަން ކަމުގެ ތެރެއިން ވިޔަފާރިއާ އެހެނިހެން ކަންކަން ވަރަށް ގިނަ ފައިދާތައް ވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މިނިންމީ އެކި ކެޓަގަރީތަަކަށް ބަހާލައިގެން ރިސޯޓްތަކުން ނަމަ ބޮލަކަށް 500 ޑޮލަރު މާރު ކުރާގޮތަށް ކަމަށާއ އެކަން ހަަމަ އޮތީ  އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގެސްޓް ހައުސްތަކާއި ކުދި ވިޔަފާރީތައް، ސިޓީ ހޮޓާ ފަދަ ތަންތަނުން 25 ޑޮލަރު ބޮލަަކަށް ނެގުމަށްކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެގަވައިދު އެގޮތަށް ތަންފީޒް ވެެގެން ދާނެ ކަމަށާއި އެކަން އިތުރަށް ފުރިހަަމަ ކުރުމަށްޓަކައި އެކަމާ ގުޅޭ ގާނޫނެއް ތައާރަފްކުރުމަށް ބިލެއް މިހާރު ވަނީމަޖިލީހަށް ފޮނުވިފައި ކަަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު އެމްއެމްއޭއިން ވަނީ އެމްއެމްއޭގެ ބޯޑުން އިއްޔެ އެކަން ފާސްކޮށް، އެމްއެމްއޭގެ ފަރާތުން އެ ބިލު މިއަދު މަޖިލީހަށް ފޮނުވާފައި އޭގައި އޮންނާނީ ކުރިން ދެންނެވި ގަވައިދުގައި އޮންނަ ގޮތަށް ރިސޯޓްތަކުން 500 ޑޮލަރު މާރު ކުރަން ޖެހޭގޮތަށް، އެއީ ގާތް ގަަނޑަކަށް 20 އިންސައްތައިގެ އާމްދަނީ އޭ ޖުމްލަ އެމަހަކަށް ޖެހޭ ރެވެނިއުގެ 20 ޕަސްންޓް އޭ ގާތްގަނޑަކަށް" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިސޯޓްތަކުގެ ބޭފުޅުންނާ ކުރެވުނު މަޝްވަރާގެ އަލީގައާއި އެކީގައި 500 ޑޮލަރު މާރު ކުރަން ޖެހޭގޮތަށް ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސަންޓް ނުވަތަ 500 ޑޮލަރު މާރު ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ލޯކަލް ޓޫރިޒަމް އިން ނަމަ 25 ޑޮލަރު އަދި އެއާ އެއްކޮށް 20 ޕަސްންޓް ލޯކަލް ޓޫރިޒަމް ގެ ތެރޭގައިވެސް އެ އިހްތިޔާރު އޮންނާނެކަމަށް ރައީސް ވިދާޅުވި އެވެ. 

"މިގާނޫނު މިހާރު ހިނގަމުންދާ މަޖިލީހުގެ، މިމަހުގެ 15 ގައި ނިމުމުގެ ކުރިން ޔަގީން ކުރަން ފާސްކޮށްދެއްވާނެ ކަމަށް، ފާސްވެެގެން ދިޔާމާ އެއަށް އަމަލުކުރަން އެދުވަހުން ފެށިގެން ފަށާނަން" ރައީސް ވިދާޅުވި އެވެ.

އެ ގާނޫނު ތަންފީޒް ވެގެން ދިޔުމުން އޭގެ ސަބަބުން ވިޔަފާރިތަކާއި، އާންމު ރައްޔިތުންނާއި ޖުމްލަކޮށް މުޅި ގައުމަށް ފައިދާވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްއެމްއޭ އިން ކުރިން ލަފާކޮށްފައިވާ ގޮތުގައި ޑޮލަރު މާރުކުރުން ލާޒިމްވާ ގޮތަށް ހެދުމުން 750 މިލިއަން ޑޮލަރު (11 ބިލިއަން ރުފިޔާ) އަހަރެއްގެ ތެރޭގައި ލިބޭނެ އެވެ. ގަވައިދަށް އަލަށް ގެނައި ބަދަލުން ވެސް އެވަރުގެ އަދަދެއް އަހަރެއްގެ ތެރޭގައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް