ads
އައިޖީއެމްއެޗް ހޮސްޕިޓަލް
30 އަހަރު ފަހުން މާލޭ ހޮސްޕިޓަލްތަކުގެ އެނދުގެ އަދަދު 433 އަށް
މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ އެނދުގެ އަދަދު 433 އަށް އިތުރުކުރުމަށް ހަމަޖެހިއްޖެ އެވެ.
Advertisement

މިކަން އިއުލާން ކުރެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.

އައިޖީއެމްއެޗްގެ ކުރީގެ އެޑްމިނިސްޓްރޭޓިވް ބްލޮކްގައި 75 އެނދުގެ ވޯޑެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގެ އީއާރަށް 14 އެނދު އިތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ 6 ބުރީގެ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި 28 އެނދުގެ ވޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ. މި ހުރިހާ މަސައްކަތެއް ނިމޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ވޭތުވެދިޔަ 30 އަހަރު ދުވަހު މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ހުރީ 316 އެނދެވެ. އާބާދީއާ އަޅާބަލާއިރު މިއީ ވަރަށް މަދު އަދަދެއް ކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި މުޅި ރާއްޖެއިން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ބަލިމީހުން ރިފާ ކުރާތީ، އެނދުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް