ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި އައްޑޫ ސިޓީއާ، ދ. މީދޫ ކުޅުނު މެޗު އެއްވަރުވީ ތިން ލަނޑު ތިން ލަނޑުންނެވެ. މި މެޗުގައި މީދޫން ޖެހި ތިން ލަނޑުވެސް ޖެހީ އިއްމިއެވެ. މިއަދުގެ ތިން ލަނޑާއެކު އިންމިގެ ޖުމްލަ ލަނޑުގެ އަދަދު އަށަކަށް އެރީއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި އައްޑޫ އަށް ލީޑުނަގައިދިނީ ކްލަބް އީގަލްސް އިން ރިލީސް ހޯދައިގެން މިއަދުގެ މެޗުގައި ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލުންނެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރަކީ، 12 ޓީމުގެ މެދުގައި ކުޅޭ ގްރޫޕް ސްޓޭޖު ބުރެކެވެ. ހަތަރު ގްރޫޕަށް ބެހިފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ދެ ޓީމެއް ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;