ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
ސިކުނޑީގެ އޮޕަރޭޝަންތަކަށް ޒަކާތު ފަންޑުން ބޮޑުބައެއް
ބޭޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކޓު ފަންޑުން މިިދިޔަ މަހު އެއް މިލިޔަނައް ވުރެގިނަ ރުފިޔާ ހަރަދުކޮށް 61 މީހަކަށް އެހީވެއްޖެއެވެ.
Advertisement

ޒަކާތު ހައުސްއިން ނެރުނު ނޮވެމްބަރުމަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެމަހު ރުފިޔާގެ އެހީގެ ގޮތުގައި ޖުމްލަ 1,086,381.81 ރުފިޔާގެ އެހީވަނީ ފޯރުކޮށްދީފައެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފަގީރުންނާއި މިސްކީނުންނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. އެގޮތުން ސިކުނޑީގެ އޮޕަރޭޝަންތަކަށް ޖުމްލަ 2248,782.88 ރުފިޔާގެ އެހީ ވަނި ފޯރުކޮށްދީފަ އެވެ. ދެވަނައަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ކެންސަރަށް ފަރުވާ ހޯދުމަށެވެ. އެއީ 84,810 ރުފިޔާ އެވެ.

މީގެ އިތުރުން، ހިތުގެ އޮޕަރޭޝަންކުރުމަށް 67,848 ރުފިޔާގެ އެހީ ދީފައިވެއެވެ. އަދި ޓްރާންސްޕްލާންޓަށް 25,443 ރުފިޔާ އާއި އެހެނިހެން ބަލިތަކަށް 294,754 ރުފިޔާވެސް މިދިޔަ ނޮވެމްބަރު މަހު ޒަކާތު ފަންޑުން ހަރަދުކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ޒަކާތު ފަންޑުން އެހީ ދޫކުރެވިފައިވަނީ ޖުމްލަ 61 މީހަކަށެވެ. އަދި އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 721,637.88  ރުފިޔާ ކަމަށާއި، އެހީގެ ގޮތުގައި ޖުމްލަ 1,086,381.81 ރުފިޔާ ނޮވެމްބަރު މަހު ޒަކާތު ފަންޑުން ހަރަދުކޮށްފައިވެއެވެ. 

ޒަކާތާ ގުޅޭ ކަންކަން ކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ވަނީ ހާއްސަ އިދާރާއެއް އުފައްދަވާފަ އެވެ. ޒަކާތު ފަންޑަކީ ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ވަކި ހާއްސަ އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް